ދިވެހި ސިފައިންނާއެކު އިނގިރޭސި ރޯޔަލް މިލިޓަރީ ޕޮލިހުން މާލޭގައި ތަމްރީނުތަކެއް

ދިވެހި ސިފައިންނާއެކު އިނގިރޭސި ރޯޔަލް މިލިޓަރީ ޕޮލިހުން ހަތިޔާރާއެކު މި ފެށޭ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަރަކާތްތެރިވާނެކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދުކޮށްފައިވާ އިއ...

31 Jan 2023 | 15:16

ދިވެހި ސިފައިންނާއެކު އިނގިރޭސި ރޯޔަލް މިލިޓަރީ ޕޮލިހުން ހަތިޔާރާއެކު މި ފެށޭ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަރަކާތްތެރިވާނެކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން އަސްކަރީ ތަމްރީނުތަކެއްގައި 2023 ފެބްރުވަރީ 01 އިން 09 އަށް މާލެ، ހުޅުމާލެ ފޭސް 01 އަދި 02 ގެ އެކިއެކި ލޮކޭޝަންތަކުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިޙަރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް