އެފްއޭއެމްގެ ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީންއަށް ދަރިއަކު ލިބިއްޖެއެވެ .
އެ ދެމަފިރިންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. މައުރީން ވިހޭކަން ބައްސާމް ވަނީ މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި އެވެ.
ބައްސާމް ވިދާޅުވީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މައުރީން ވިހެއީ މިއަދު ހެނދުނު ކަމަށް ވިދާޅުވެފައިވެ އެވެ.
ބައްސާމާއި މައުރީން ކައިވެނިކޮށްފައި ވަނީ އޮގަސްޓް 2018 ގައި ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.
މިއީ މައުރީން އާއި ބައްސާމްގެ ކައިވެންޏަށް ލިބުނު ފުރަތަމަ ކުއްޖާއެވެ. އެކަމަކު ބައްސާމްގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައި އެބަތިއްބެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން މަޝްހޫރުކަން ލިބުނު މައުރީން އަންނަނީ "މިނޫޝިއާ" ނަމުގައި ހުޅުމާލޭގައި ރެސްޓޯރަންޓެއް ހިންގަމުންނެވެ. މައުރީން ވަނީ ދުބާއީގައި ހުންނަ އިންޓަނޭޝަނަލް ސެންޓާ ފޯ ކަލިނަރީ އާޓްސް އިން ކެއްކުމުގެ ކޯހެއް ފުރިހަމަކޮށް ސެޓިފައިޑް ޝެފެއްގެ މަގާމު ވެސް ހޯދައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް