ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު މަހުދީ، 35އ އެވެ.
އޭނާގެ އާއިލާއާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވާގޮތުން މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިން މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
އަދި މަހުދީއަކީ ބައިޕޯލަރ ޑިސްއޯޑަރއަށް ފަރުވާ ހޯދާ މީހެއް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މަހުދީގެ އާއިލާއިން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، 7971667 އަށް ގުޅުމަށް އެދިފައެވެ.
މަހުދީ ހޯދުމަށް އާއިލާއިން ވަނީ، އިންޑިއާގެ ފުލުހާއި އަދި ފޮރިން މިނިސްޓްރީގެ އެހީއަށްވެސް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް