ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ހަމަލާއާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިވެހިންގެ ނަމުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޯ ޒަރްދާރީއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މިނިސްޓަރު ޝާހިދުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި ޚަބަރު އަޑުއެއްސެވީ ހިތާމައާއެކުގައި ކަމަށެވެ. އަދި އެފަދަ ޓެރަރިސްޓް ހަމަލާތައް ރާއްޖޭން ކުށްވެރި ކުރާ ކަމަށް ވިދާޅުވި އެވެ.
އެފަދަ ހަމަލާތައް ހުއްޓުވައި އާއްމުންގެ ތެރޭގައި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭކަމުގައިވެސްވެއެވެ.
އެފަދަ ޓެރަރިސްޓް ހަމަލާތައް ރާއްޖޭން ކުށްވެރި ކުރާ ކަމަށާއި އެފަދަ ހަމަލާތައް ހުއްޓުވައި އާއްމުންގެ ތެރޭގައި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމުގައި ޝާހިދު ވަނީ ވިދާޅުވެފައެވެ.
ބޮމުގެ ހަމަލާގައި 157 މީހަކު ޒަހަމްވެ، މަރުވި 61 މީހުން މަރުވި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މަރުވި މީހުންގެ ތެރެއިން 27 މީހުންނަކީ ފުލުހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް