ރާއްޖޭގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށް ވެއްޖެއެވެ. މޯލްޑިވްސް މިޓިރިއޮލޮޖިކަލް ސާވިސް ސެންޓަރ (މެޓް) އޮފީހުން މިއަދު ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން...

31 Jan 2023 | 13:08

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށް ވެއްޖެއެވެ.

މޯލްޑިވްސް މިޓިރިއޮލޮޖިކަލް ސާވިސް ސެންޓަރ (މެޓް) އޮފީހުން މިއަދު ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައިޖެހެމުންދާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ.

މިގޮތުން އާންމުގޮތެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، މިއަދު ހެނދުނު 07:00 އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދު މިވަނީ އެވެރެޖް ގޮތެއްގައި 4 ކިލޯ މީޓަރަށް ދުރު ފެންނަ މިންވަރު ދަށް ވެފައި ކަމަށް މެޓު އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ ދުރު ފެންނަ މިންވަރު ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި އެވަގުތެއްގެ އެއަރ ކޮލިޓީ އިންޑެކްސް އައިކިއު އެއަރ ވެބްސައިޓް https://www.iqar.com އިން އަދި AirVisual މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

ބޮޑެތި ގައުމުތަކުން ބޭރުކުރާ ދުމުގެ ސަބަބުން އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މި ނުރައްކާ މިހާރު މި ދަނީ ބޮޑުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް