އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ މި ދެ ބޭފުޅުންވެސް މިއަދު ބައްދަލުކުރެއްވިކަމަށްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔަކަން ދެ ބޭފުޅުންގެ ފަރާތުން ކުރެ އެއް ފަރާތަކުންވެސް ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ކޮން ކަމަކާއި ގުޅޭގޮތުންކަން ސާފެއް ނޫނެވެ. އެހެންނަމަވެސް ވެރިކަން ހޯދެން އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލީޝަންކަމުގައި ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންކަމުން މި ބައްދަލުކުރެއްވުމަކީ އެކަމުގެ މަޝްވަރާ ބައްދަލުކުރެއްވުމެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް