ގްރީން ކޮމެޓް ބަލާލަން ބޭނުން މީހުން މިރޭ މަސްވެރިންގެ ޕާކަށް

ގްރީން ކޮމެޓް "Comet c/2022 E3" ބަލައިލަން ބޭނުންވާ މީހުންނަށް މިރޭ އެ ފުރުސަތު ފަހިކޮށްދޭނެކަމުގައި ސްޕޭސްކެޓުން ބުނެފިއެވެ. މިފަދަ ހަރަކާތްތައް ރާވާ އިންތިޒާމްކުރާ ސްޕޭސްކެޓް ޓީމުން ބުނެފައިވަނީ މި ...

31 Jan 2023 | 11:29

ގްރީން ކޮމެޓް "Comet c/2022 E3" ބަލައިލަން ބޭނުންވާ މީހުންނަށް މިރޭ އެ ފުރުސަތު ފަހިކޮށްދޭނެކަމުގައި ސްޕޭސްކެޓުން ބުނެފިއެވެ.

މިފަދަ ހަރަކާތްތައް ރާވާ އިންތިޒާމްކުރާ ސްޕޭސްކެޓް ޓީމުން ބުނެފައިވަނީ މި ކޮމެޓް ބަލައިލަން ބޭނުންވާ މީހުންނަށް މިރޭ 08:30 އިން ފެށިގެން މަސްވެރިންގެ ޕާކުގައި އިންތިޒާމެއް ހަމަޖައްސާނެ ކަމަށއި އަދި ހުޅުމާލޭގެ ފޭސް2 ވޯލްޑްކަޕް ބެލި ސަރަހައްދުގައި މާދަމާ ރޭ 08:00 އިން ފެށިގެން އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

މި ކޮމެޓް މިފެށޭ ފެބްރުއަރީ މަހުގެ އަށަކާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ފެންނާނެ ކަމަށާއި އުޑުމަތި އަނދިރިކޮށް އޮންނަ ސަރަހައްދުތަކުގައި ހަމަލޮލަށްވެސް މި ކޮމެޓް ފެންނާނެކަމަށް ސްޕޭސްކެޓުން ބުނެއެވެ. އަދި މި ކޮމެޓް ދެން ދުނިޔެއަށް ފެންނާނީ މީގެ 50 ހާސް އަހަރު ފަހުން ކަމުގައިވެސް ސްޕޭސްކެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް