ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފުތަކެއްގައި ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓުދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފުތަކުގައި ބަޔަކު ރޯކޮށްލައިފި އެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހޫލުފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޓާފުތަކުގައި ރޯކޮށްލާފައި ވަނީ ދަނޑުގައ...

31 Jan 2023 | 08:30

ހދ. ނޮޅިވަރަމް ފުޓުދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފުތަކުގައި ބަޔަކު ރޯކޮށްލައިފި އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހޫލުފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޓާފުތަކުގައި ރޯކޮށްލާފައި ވަނީ ދަނޑުގައި ޓާފުތައް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ޓާފުތަކުގައި ރޯކޮށްލާފައިވަނީ ގަސްދުގައި ކަމަށެވެ.

އެ ރަށު ދަނޑުގައި ޓާފު އެޅުން މި ކަމާއި ގުޅިގެން އިތުރަށް ލަސްވާނެ އިރު މިނިސްޓަރު ވިދާޅުވީ ކުރިންވެސް އެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ލަސްވެފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ.

އ ރަށު ކައުންސިލުންވެސް ގަބޫލު ކުރާ ގޮތުގައި ޓާފުތަކުގައި ރޯކޮށްލާފައިވަނީ ބަޔަކު ގަސްދުގައި އެވެ. އެއީ ޓަފަކީ އަމިއްްލަ ޒާތުގައި ރޯވާ އެއްޗަކަށް ނުވާތީ ކަމަށް ބުންޏެވެ.

އެ ރަށުގައި ޓާފު އެޅުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ދަނޑު އޮންނަނީވެސް އާންމުން އޫޅޭ ސަރަހައްދާއި ވަރަށް ދުރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް