ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާއި މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމާނީ ފެބްރުއަރީ މަހު ކަމަށް ބުނެފި އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ.
އެ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރުމާއި މެދު ގޮތެއް ނިންމައި ފެބްރުއަރީ ފަހު ހަފްތާގައި އިއުލާނު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ކުރިޔަށްދާނީ ވަކިންތޯ ނުވަތަ ކޯލިޝަނަކާއި އެކުތޯވެސް ނިންމާނެ ކަމަށެވެ.
އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން ޖޭޕީން ވާދަ ނުކުރަނީ2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަ ކުރާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ފަސް ފަރާތެކެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީ އަދި އަމިއްލަ ދެ ފަރާތްތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް