ޕާކިސްތާނުގެ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އިން މައްޗަށް

ޕާކިސްތާނުގެ މިސްކިތަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އިން މައްޗަށް ގޮސްފިއެވެ. ބޮމުގެ ހަމަލާގައި 157 މީހަކު ޒަހަމްވެ، މަރުވި 61 މީހުންގެ ތެރެއިން 27 މީހުންނަކީ ފުލުހުންކ...

31 Jan 2023 | 06:21

ޕާކިސްތާނުގެ މިސްކިތަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އިން މައްޗަށް ގޮސްފިއެވެ.

ބޮމުގެ ހަމަލާގައި 157 މީހަކު ޒަހަމްވެ، މަރުވި 61 މީހުންގެ ތެރެއިން 27 މީހުންނަކީ ފުލުހުންކަމުގައި އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މިހަމަލާ ދިން ވަގުތު އެސަރަހައްދުގައި ތިން ސަތޭކައަށްވުރެ ގިނަ ފުލުހުން ތިބި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ޕާކިސްތާނުގެ ހިމާޔަތުގައި ތިބޭ ފަރާތްތަކަށް އަމާޒުކޮށް މިހަމަލާ ދީފައިވާއިރު އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޓެރެރިސްތުން ހަމަލާތައް ފުލުހުންނަށާއި އަސްކަރީންނަށް އަމާޒުކުރަމުންދަނީ ޕާކިސްތާނުގެ ތެރޭގައި ބިރުވެރިކަން އުފެއްމުގެ ބޭނުމުގައި ކަމަށާއި އެހެންނަމަވެސް މުޅި ގައުމު އޮތީ ޓެރަރިޒަމާއި ދެކޮޅަށް ކަމަށެވެ.

އެގޮތުން އަޅުކަންކުރަން ތިބޭ ހާލު އެއްވެސް ބަޔަކަށް ހަމަލާ ދިނުމަކީ އިސްލާމް ދީނުގައި މުސްލިމުންނަށް ނަހީކުރައްވާފައިވާ ކަމެއްކަމުގައާއި މާތް ﷲ ތަޢާލާގެ ގެކޮޅަށް، މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާއެއްކަމުން ހަމަލާ ދިން ފަރާތަކީ މުސްލިމުންނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް