ކުޅުދުއްފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ. ޖޭއެސްސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ...

31 Jan 2023 | 04:50

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އަދި މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖެނުއަރީ 18، 2023 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ނިންމާ ތަޙްގީގު ކޮމިޓީއެއް ވަނީ އެކުލަވާލާފައި ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ.

މިގޮތުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އޭރު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް