ބޮލީވުޑްގެ ފިލްމް "ޝެހްޒާދާ" ރިލީޒް ކުރުން ފަސް ކޮށްފި އެވެ.
ރޯހިތ ދަވަން ޑައިރެކްޓަރު ކުރާ މި ފިލްމު ރިލީޒް ކުރަން ހަމަޖައްސާފައި އޮތީ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ. އަލަށް ގެނައި ބަދަލާއި އެކު މި ފިލްމު ދެން ރިލީޒް ކުރާނީ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނެރުނު މީޑިއާ ނޯޓެއްގައި ބުނެފައިވަނީ ފިލްމު ރިލީޒް ކުރާ ދުވަސް ފަސް ކުރަން ނިންމީ މިހާރު ސިނަމާތަކުގައި އަޅުވާފައިވާ "ޕަތާން" އަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން އާއި ކްރިތީ ސެނޯން އެވެ.
މިދިޔަ މަހު 25 ވަނަ ދުވަހު ރިލީޒް ކުރި "ޕަތާން"އަށް އިހުތިރާމް ކުރުމުގެ ގޮތުން ފިލްމު ލަސްކުރި މައިގަނޑު ސަބަބަކީ "ޝެހެޒާދާ" ބަލަން ވަންނަ މީހުންގެ އަދަދު މަދުވެދާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ޝާހްރުކް ހާންގެ "ޕަތާން" ގެ ހުރިހާ ޝޯތަކެއް އަދިވެސް ސިނަމާތަކުގައި ފުލްކޮށް ކުރިޔަށްދާތީ އެވެ.
އެ ފިލްމު ދަނީ ބޮލީވުޑްގެ އެތައް ރެކޯޑެއް މުގުރަމުންނެވެ.
ފިލްމު ރިލީޒް ކުރި ފުރަތަމަ ފަސް ދުވަހުން 542 ކްރޯޑު އިންޑީއަން ރުޕީސްގެ އާމްދަނީއެއް މުޅި ދުނިޔެއިން ލިބިފައިވެ އެވެ. އަދި މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތައް ކަމަށްވާ "ބާހުބަލީ 2" އަދި "ކޭޖީއެފް 2" އަށްވުރެ ކުރިން 200 ކްރޯޑު ރުޕީސް ލިބުނު ފިލްމަކަށް "ޕަތާން" ވަނީ ވެފައި އެވެ.
މި ފިލްމުގައި ޝާހްރުކް އާއި އެކު ލީޑް ރޯލުން ފެނިގެންދަނީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް