އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 73 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ނިސްބަތްވަނީ ފުލުހުންގެ މެދު ދެކުނު ރީޖަން (ކ. އއ. އދ އަދި ވ އަތޮޅު ހިމެނޭ ރީޖަން) ގެ ރަށަކަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ޖިންސީ ގޯނާގެ މިފަދަ ދެތިން މައްސަލައެއްގެ ތަފްސީލު ފުލުހުން ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 19 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް