ރާއްޖެއިން އިތުރު 2572 މީހުންނަށް ކޮވިޑު ޖެހިއްޖެ

ރާއްޖެއިން އިތުރު 2572 މީހުންނަށް ކޮވިޑު ޖެހިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަ...

31 Jan 2022 | 17:42

ރާއްޖެއިން އިތުރު 2572 މީހުންނަށް ކޮވިޑު ޖެހިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1،296 މީހަކާއި އަތޮޅުތެރެއިން 994 މީހަކާއި ރިސޯޓުތަކުން 20 މީހެއް ކަމަށެވެ.

ހޮސްޕިޓަލުތަކުގައި 63 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާ އިރު، 17،770 މީހަކަށް ފަރުވާދެމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހައިތަނަށް 276 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 258 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް