ޑރ. ޝަހީމްގެ ކާފާފުޅު ކޮވިޑު ބަލީގައި އަވަހާރަ ވެއްޖެ

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ ކާފާފުޅު ކޮވިޑު ބަލީގައި އަވަހާރަ ވެއްޖެއެވެ. އެކަން ހާމަކުރެއްވީ ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައެެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ޢުމުރުން ...

31 Jan 2022 | 17:35

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ ކާފާފުޅު ކޮވިޑު ބަލީގައި އަވަހާރަ ވެއްޖެއެވެ.

އެކަން ހާމަކުރެއްވީ ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައެެވެ.

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ޢުމުރުން 95 އަހަރުގައި، އަޅުގަނޑުގެ ލޮބުވެތި ކާފަ (ޙުސައިން ފުތު، ފުރުކުމާގެ، ގއ. މާމެންދޫ) މިރޭ ވަނީ ނިޔާވެފަ. ކާފަ ނިޔާވީ ކޮވިޑްބަލީގަ." ކަމަށެވެ.

https://twitter.com/Mohamedshaheem1/status/1488187857949052928

އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާފައެެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ވަނީ ރިޔާސީ ރޭހުގައި ވާދަ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް