ގަޔަށް ބާރު ހެދުން ލުމަކީ ޒަމާނީީ ފެޝަނަކަށް ވިޔަސް މިއީ ކުރުން ރަނގަޅުކަމަކަށް ނުވެއެވެ. ފިރިހެނެއް ކަމަށް ވިޔަސް އަދި އަންހެނަކަށް ވިޔަސްމެއެވެ.
ސިއްޚީ މާހިރުންގެ ފަހުދެ ހޯދުންތަކުން އެނގުނު ގޮތުގައި ގަޔަށް ބާރު ހެދުން އެޅުމަކީ ސިއްޚީ ގޮތުން އެތަކެއް މައްސަލަތަކަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. ޚާއްސަކޮށް ގަޔަށް ބާރު ކޮށް ލާ ސްކިނީ ޖިންސާއި ފަޓުލޫނުން ފަދަ އެއްޗެހިން ކުރާ އަސަރު ދެގުނައަށް ބޮޑުކަމަށް ހޯދުން ތަކުން ދައްކައެވެ.
ސިއްޚީ މާހިރުންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ގަޔަށް ބާރު ހެދުން ލުމުން އިންސާނާއަށް ހީ ނުކުރާ ފަދަ ބޮޑެތި ސިއްޚީ މައްސަލަތާއި ކުރިމަތިލާން ޖެހެއެވެ.
އެގޮތުން ބަނޑުގައި ރިހުން އިތުރު ވުމާއި މޭ އެންދުމާއި ގިނައިން ވައިލެވުމުގެ އިތުރުން ހަށިގަނޑުގައި ލޭ ގަނޑުވުން އަދި އުނަަގަނޑުގައި ރިހުމުގެ އިތުރުން މައި ބަދައަށް ގެއްލުން ވުން ފަދަ މައްސަލަތަކާއި ކުރިމަތި ލާން ޖެހޭކަމަށް މި ހޯދުންތަކުން ބުނެފައިވެއެވެ.
ހޯދުންތަކުން ބުނާ ގޮތުގައި މިފަދަ މައްސަލަތަށް ކުރިމަތިވަނީ ގަޔަށް ބާރު ހެދުން ލުމުން ނާރުތައް ފިތި ހަށިގަނޑުގައި ލޭދައުރު ކުރުމަށް ހުރަސް އެޅޭތީއެވެ. މިކަމުގެ ސަބަބުން ކުރިން ބަޔާންކުރެވުނު ސިއްޚީ މައްސަލަތަކުގެ އިތުރުން ފިރިހެނުންނާއި އަންހެނުން ދަރިމައި ވުމަށް ވެސް ހުރަސް އެޅޭކަމަށް ވެއެވެ.
އެހެން ކަމުން ގަޔަށް ބާރު ހެދުން ލުމުން ދުރުވުމަކީ ރަނގަޅު ސިއްޚަތެއްގައި ދެމި ތިބުމަށް ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ސިއްޚީ ޓީމުން ލަފާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް