އެޗްއެމްއެފްއަށް ގެންދިޔަ މީހަކު މަރުވެ، މިމަހުގެ ކޯވިޑް މަރުގެ އަދަދު 14ށް

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ އުމުރުން95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ6:17 ގައި އެވެ. އެޗްޕީއޭ...

31 Jan 2022 | 15:35

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ އުމުރުން95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ6:17 ގައި އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) އަށް ގެންދިޔަ ވަގުތު ކަމަށެވެ.

އިއްޔެ ޅ. ނައިފަރު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވެ އެވެ. އެއީ އުމުރުން66 އަހަރުގެ ދިވެހި އަންހެނެކެވެ.

މިރޭ މަރުވި މީހާ އާއި އެކު މިމަހު ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ14 އަށް އަރާފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ276 ށް އަރާފަ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 136،126 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން118،249 ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް