އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދަކީ މަޝްހޫރު ވިޔަސް އޭނާގެ އާންމު ދިރިއުޅުމާއި މިޒާޖު ހުންނަ ގޮތުން އާންމުންނާއި މީޑިއާގެ ފާޑުކިޔުން އެންމެ ބޮޑަަށް އަމާޒުވާ އެކަކެވެ.
އާންމު ތަންތަނަށް ނުކުންނައިރު ތާކުން ތާކުން ނުޖެހޭ ގޮތަށް ހެދުން އެޅުމާއި ނުގުޅޭ މޭކަޕް ކުރުމާއި މީހުންނާއި ވާހަކަ ދެއްކުމުގައި އޭނާގެ އަމަލުތަކަކީ މީހުން ވަރަށް ފޫހިވާ ކަންކަމެކެވެ. އެކަމަކު މީގެން އެއްވެސް ކަމަކީ އުރްފީ މާ ބޮޑަށް ފަރުވާތަކެތިވެ ސަމާލުކަން ދޭ ކަންކަމެއް ނޫނެނެވެ.
މިފަހަރު އޭނާއަށް ފާޑުކިޔުން އަމާޒުވީ ހޭން ނުޖެހޭ ކަމެއްގައި އަމިއްލައަށް މަޖާ ވެގެން އަޑުގަދަކޮށް ހީ ހެދުމުންނެވެ. އޭނާ މަގުމަތިން ފެނިގެން މެދު އުމުރުގެ މީހަކުއި ސެލްފީއެއް ނަގަން މަސައްކަތް ކުރެ އެވެ.
ޕަޕަރާޒީން އާންމު ކުރި ވިޑިއޯގައި ފެންނަނީ ފޮޓޯ ނަގަން އެ ފިރިހެން މީހާ އުރްފީ އާއި ގާތް ވަމުން އަނގައިގަ އޮތް ހައްޕުނު ގަނޑު ބިން މައްޗަށް ވައްޓާލުމަށް ފަހު ފޮޓޯ ނަގަން އުޅޭ ތަނެވެ. އުރްފީ ހޭންފަށަނީ އެހެންވެ އެވެ.
އުރްފީ ހޭން ފަށާގޮތަށް އެމީހާ ފޮޓޯ ނަގާ ނިމުނު އިރުވެސް ހީނ ނުނިމޭއިރު ނިވާކަންކުޑަ ހެދުމެއް ލައިގެން ހުރެ އުރްފީ ދިޔައީ ގުދުވެ ގުދުވެފަ ހިނި އަންނަމުންނެވެ. މި ވީޑީއޯ އާއި ގުޅިގެން ހިޔާލު ފާޅު ކުރި މީހުން ބުނީ ބާރަށް ހެއުމުގެ ބަދަލުގައި މަގުމައްޗަށް ހައްޕުނު ގަނޑު ޖެހުން ގޯސް ކަމެއްކަން އެމީހާއަށް އުރްފީ ބުނެދިންނަމަ މާ ރަނގަޅުވީސް ކަމަށެވެ.
އަދި އެއީ ހޭނޖެހޭ ވަރު ކަމެއް ނޫން ކަމަށާއި އެތަނުގައި ހޭވަރު ކަމެއް ވިތޯ ސުވާލު ކޮށްފައިވެ އެވެ.
އުރްފީ އެންމެ މަޝްހޫރުވެގެން ދިޔަ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނެނީ " ބަޑޭ ބައްޔާ ކީ ދުލްހަނިޔާ" އެވެ. އޭގެ ފަހުން "މޭރީ ދުރްގާ" އަކީވެސް އުރްފީ ފެނިގެންދިޔަ މަޝްހޫރު ސިލްސިލާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް