ބައި އިލެކްޝަނަށް ހަތަރު ދުވަސް: ފެނަކައިން ކޮމަންޑޫ ސިއްހީ މަރުކަޒަށް އޭސީ އާއި ޓީވީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްހީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ. މިތަކެތި ފެނަކައިން އެ ރަށުގެ މަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. ފެނަކައިގެ ފަރާ...

31 Jan 2022 | 14:34

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްހީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ.

މިތަކެތި ފެނަކައިން އެ ރަށުގެ މަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ.

ފެނަކައިގެ ފަރާތުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ގިނަ އެހީތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

ފެނަަކަ އިން ކޮމަންޑޫގެ ސިއްހީ މަރުކަޒަށް އޭސީ އާއި ޓީވީއެއް ހަދިޔާ ކޮށްފައި ވާއިރު، އެ ރަށް ހިމެނޭ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އަންނަނީ ވަގުތު ކުޑަތަންވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ. އެގޮތުން ދެ ކޮމަންޑު ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ކޮމަންޑުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓު ހެދުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް