ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ އެ ހަރަކާތް ކުރިޔަށްދާނީ މިރޭ 11:45 ގައި ކަމަށެވެ. ހަވާ އަރުވަނީ ދެ ވަނަ ފިޔަވަހީގެ ކޮން ސަރ...

31 Jan 2022 | 14:23

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހަރަކާތް ކުރިޔަށްދާނީ މިރޭ 11:45 ގައި ކަމަށެވެ. ހަވާ އަރުވަނީ ދެ ވަނަ ފިޔަވަހީގެ ކޮން ސަރަހައްދެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގެ ތެރޭގައި ކަމަށެވެ. އެމްއެންޑީއެފުން އެކަން ކޮށްދެނީ އެ ފަރާތުގެ އެދުމަށް ކަމަށް ބުނެ އެވެ.

ހަވާ އަރުވައިދިނުމަކީ އެމްއެންޑީއެފްގެ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރާ ކަމެކެވެ.

މީގެ ކުރިންވެސް އަމިއްލަ މީހުންނަށް ވިޔަފާރި އުސޫލުން ހަވާ އަރުވައި ދީފައިވެ އެވެ. އޭގެ ތެރޭގައި އުފަންދުވަހުގެ ޕާޓީ އާއި ކައިވެނި ހަފްލާތައް ހިމެނެ އެވެ.

https://twitter.com/MNDF_Official/status/1488149481065312262

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް