ވ އަތޮޅު އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝަވަތު ހިމެނޭކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ހުކުމް އިއްވާ ތާރީހު އަވަސްކޮށްފިއެވެ.
ނޮވެންބަރުމަހުގެ 25 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ، އެ މައްސަލާގެ ހުކުމް އަވަސް ކޮށްފައިވަނީ އަންނަ ޖޫން މަހަށް ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
އާރަށް މައްސަލާގައި ޔާމީނަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ވެސް ޔާމީނަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް