ހިޔާފުލެޓުން ހައްޔަރު ކުރި މީހުންގެ އަތުން މީރާގެ ތިޖޫރި

ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެ ހިޔާ ފުލެޓުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި މީހުންގެ އަތުން ފެނުން ތިޖޫރީ އަކީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ)ގެ ހުޅުމާލެ އޮފީހުނ...

31 Jan 2022 | 09:49

ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެ ހިޔާ ފުލެޓުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި މީހުންގެ އަތުން ފެނުން ތިޖޫރީ އަކީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ)ގެ ހުޅުމާލެ އޮފީހުން ވަގަށް ނެގި ތިޖޫރީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މީހުން އަތުން ފެނުނު ތިޖޫރީ އަކީ ހުޅުމާލޭގައި ހުންނަ މީރާ އޮފީހުގެ ތިޖޫރީއެއް ކަން މިހާރު ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މިތިޖޫރީއަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު މީރާ އޮފީހުން 2،000-1،800 ރުފިޔާއާއެކު ވަގަށް ނަގައިފައިވާ ތިޖޫރީއެއކަމަށް ފުލުހުން ބުނެއެވެ.

ފުލުހުނ ބުނީ އެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ޝަރުތުތަކާ އެކު ކޯޓުން ތިބީ ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި ހަތަރު މީހުންނަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މީހުން ހައްޔަރުކުރީ ހިޔާ ފުލެޓުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ތިޖޫރީއެއް ހިފައިގެން އުޅުނު ދެމީހުން ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި ފިލަން ވަނީ މަސައްކަތްކުރުމުން ފުލުހުނަށް ޝާއްކުކުރެވިގެނެވެ. އިތުރައް ކުރި ތަހުގީގުން ވަނީ ޖަލަށް ވައްދަން ތައްޔާރު ކޮށްފައި ހުރި ގިނަ އަދަދެއްގެ ސާމާނާއެކު ހަ މީހުން ހައްޔަރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް