ފުލުހުންގެ ބޭނުމަށް 75 ސައިކަލް ހޯދަން އިއުލާނުކޮށްފި

ފުލުހުންގެ ބޭނުމަށް 125ސީސީގެ 75 މޮޓޯސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި...

31 Jan 2022 | 09:44

ފުލުހުންގެ ބޭނުމަށް 125ސީސީގެ 75 މޮޓޯސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދު މެންދުރުފަހު 2:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީން ވާން ޖެހޭނެ ކަމުގައެވެ.

އަދި މި ބީލަމުގައި ރަޖިސްޓްރީވުމުން ނަންބަރެއް ޖަހާފައިވާ ސްލިޕެއް ލިބޭނެ ކަމަށާއި ސްލިޕް ނެތް ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބީލަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ މިއަދު ހަވީރު 4:00ގެ ކުރިން އީމެއިލް ކޮށްގެން އެ މައުލޫމާތު ސާފުކުރުމަށްވެސް  އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި ބީލަން ހުށަހެޅުމާ ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ފުލުހުންގެ އިސްކަންދަރު ކޮށީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް