އުރީދޫ މޯލްޑިވްސް އިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މިނިސްޓްރީއާއި ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒްއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދިންނެވެ. މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން 194 ކުދިން ބަލަހައްޓަމުންދެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބެލުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި، އަމާން މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ހއ. ދިއްދޫ، ށ. ފޮނަދޫ، ބ. އޭދަފުށި އަދި ފުވައްމުލަކުގައި ވަނީ އަމާން ވެށިތައް ޤާއިމްކޮށްފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ދަނީ އަމާން ވެށިތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފުންނާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ އިސް މުވައްޒަފުންނާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް