ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 104 މައްސަލަ ޑިސެންބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ރިޕޯޓުގައިވާ ގޮތުން ޖުުމްލަ 220 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށާއި އެބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވަ ކަމަށް ޖެންޑަރ މިނިސްޓްރީގެ ރިޕޯޓިގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 06 މައްސަލައާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލައާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ޢާއިލީ 24 މައްސަލަ ޑިސެންބަރު މަހު ހުށަހަޅައިފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލައާއި ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 07 މައްސަލަ ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް