ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީވެ، ރ. އިނގުރައިދޫ މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.
އިނގުރައިދޫ އަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު އެރަށު ހެލްތް ސެންޓަރުން އެންމެ ފަހުން ނެރެފައިވާ އަދާހަމަ އިން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 30 މީހަކު އެ ރަށުގައި އެބަތިއްބެވެ. އަދި މި ވަގުތު ނަތީޖާ ނުލިބޭ 59 ސާމްޕަލެއް ވެއެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެޗްއީއޯސީ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު 34 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ. ގިނަ ރަށްތަކެއް މަޮނިޓަރިން ހާލަތައް ގެނެވިފައި ވާއިރު ކޮވިޑް ބަލީގައި ރާއްޖެއިން 275 ފަރާތެއް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް