ޓެންޑާ ބޯޑުގެ ވެރިޔަަކަށް އޭސީސީން އިސްތިއުފާ ދެއްވި އަޝްރަފް

ޓެންޑާ ބޯޑުގެ ޗެއާޕާސަންކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ހަމަޖައްސަވައިފިއެވެ. އަޝްރަފު މި މަޤާމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 11 ވަނަ ދުވަ...

31 Jan 2022 | 08:11

ޓެންޑާ ބޯޑުގެ ޗެއާޕާސަންކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ހަމަޖައްސަވައިފިއެވެ.

އަޝްރަފު މި މަޤާމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ޓެންޑާ ބޯޑަކީ ދައުލަތުގެ ޕްރޮކިއުމެންޓް ކަންކަން ބަލަހަށްޓާ މައި އިދާރާއެވެ. އެގޮތުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލާއި، ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކުރާނީވެސް ޓެންޑާ ބޯޑުންނެވެ.

ޓެންޑާ ބޯޑުގައި ހިމެނެނީ ޗެއާޕާސަން އަޝްރަފްގެ އިތުރުން ހަތް މެމްބަރުންނެވެ.

އަޝްރަފް އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ އޭސީސީއަށް ރައްޔިތުންގެ މަޖިލީހާ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް