ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ ނަމްބަރު 2 މޫސާ ފަތްޙީ: ޑރ. ވަހީދު

ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ ނަމްބަރު 2 މޫސާ ފަތްޙީ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރައްވާފައިވާ ...

31 Jan 2022 | 07:54

ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ ނަމްބަރު 2 މޫސާ ފަތްޙީ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

"ރައްޔިތުންގެ މަޖްލިސްގެ ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކީ ނަމްބަރު 2 މޫސާ ފަތްޙީ ކަމަށާއި ވީމާ އަޅުގަޑުގެ ރަހްމަތްތެރިންނާ ހެޔޮއެދޭ ހުރިހާ ބޭފުޅުން ނަމްބަރު 2 އަށް ވޯޓް ދެއްވުން އެދެމެވެ." މޫސާ ފަތުހީ އާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

https://twitter.com/DrWaheedH/status/1487738309044412416

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމްގެ ފުރަތަމަ ނައިބު ރައީސް އަދި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަން ކުރެއްވި ޑރ. ވަހީދަކީ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

އެމްޑީޕީގެ ތާއީދާއެކު ރާއްޖޭގެ މަލްޓި ޕާޓީ ސިސްޓަމްގެ ފުރަތަމަ ނައިބު ރައީސްގެ މަގާމަށް އެމަނިކުފާނުނ ވަޑައިގެންނެވީ ގިނަ ބައެއްގެ ރުހުމާއި ލޯތްބާއެކުގައެވެ. ނަމަވެސް ދައުރުގެ ވަކިި ހިސާބަކުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުން އިސްތިއުފާ ދެއްވުމުން، ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވިއެވެ. ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ތަފާތު ފިއްތުންތަކާއި ފުރައްސާރަ އައީ ކުރިމަތިވަމުންނެވެ.

މަލްޓި ޕާޓީ ސިސްޓަމުގެ ދެވަނަ ދައުރަކަށް ޑރ. ވަހީދު ކުރިމަތިލެއްވިނަމަވެސް މާބޮޑު ތާއީދެއް ލިބިވަޑައިނުގެންނުވުން، ސިޔާސީ ހަރަކާތްތަކާ ތަންކޮޅެއް އެކަހެރިވެވަޑައިގެންނެވުމަށް ފަހު، އަނެއްކާ ވެސް ސިޔާސީ މައިދާނަށް ނުކުންނެވީ ޕީޕީއެމް ގެ އިސްމަގާމަކާއެކުގައެވެ. އެގޮތުން ޚާއްސަ އެޑްވައިޒަރެއްގެ މަގާމާއެކު މިހާރުގެންދަވަނީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ބުރަ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ.

ކޮމަންޑު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މި ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރާޝިދު (ރާޑޯ) އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތްޙީ އާއި އެމްއެންޕީގެ ފަރާތުން ޢަބްދުލް ޙަންނާނު އިދްރީސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް