ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު"ގެ މެއިން ސޮޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންތިޒާމު ކުރާ "ސަވާދީއްތަ ދަތުރު"ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ސޮއިކޮށްފައިވަނީ މިއަދުއެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއި ކުރީ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
އެމްއައިޓީޑީސީން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ފަށާ މި ރެލީ ތިން ހަފުތާ އަށް ކުރިއަށް ގެންދާއިރު، މީހުން ދިރިއުޅޭ 11ރަށަކަށާއި ހަތަރު ފަޅުރަށަކާއެކު ޖުމްލަ 15 ރަށަކަށް ޓުއާގެ ބައިވެރިން ދަތުރު ކުރާނެ އެވެ.
އެ15 ރަށަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް