ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ މާދަމާއިން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ މިގޮތަށް ނިންމީ އެއަރޕޯޓު ރަންވޭގެ އޮފަރޭޝަންސްތައް އަވަސް ކުރުމަށް ކަމަށެވެ.
އައު ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފަށަން މިއަހަރުގެ ފަހުކޮޅަށް ނިންމާފައިވާ އިރު، ރަންވޭ ރަސްމީކޮށް ހުޅުވުން ގުޅިފައި އޮތީ ވީއައިއޭގެ އާ ސީޕްލޭން ޓަރމިނަލާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ އައު ރަންވޭގެ ހުރި އިރު، ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ.
އޭގެ ފަހުން މިހާރުވަނީ ތިން އަހަރު ފާއިތުވެގެން ގޮސްފައެވެ. އެހެންނަމަވެސް ފްލައިޓް ޕާކް ކުރުމަށް އެ ރަންވޭ އަންނަނީ ބޭނުންކުރަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހެދި އެ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ޗައިނާގެ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން ހަދާފައިވާ ރަންވޭއެކެވެ. އެއީ 3,400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެ ރަންވޭގައި އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް