ތްރީޑީ ކުރެހުންތަކާ ދައްކާ ހުވަފެން ބަލާ ބަލާ ފޫހިވެއްޖެ: ގަމު ރައްޔިތުން

މިދުވަސްވަރަކީ ތަފާތުއެތައް ފޮނި ހުވަފެންތަކެއްބަލާ ދުވަސް ވަރެކެވެ. ބަލާ ފޫހިނުވާ އެތައް ހުވަފެނެއް ދައްކަމުންދާ ދުވަސް ވަރެކެވެ. މި ފޮނި، ރީތި ރީތި ހުވަފެންތައް އެންމެ ފުރިހަމައަށް، ބަލާފައިވާ ބަޔަކ...

31 Jan 2022 | 07:23

މިދުވަސްވަރަކީ ތަފާތުއެތައް ފޮނި ހުވަފެންތަކެއްބަލާ ދުވަސް ވަރެކެވެ. ބަލާ ފޫހިނުވާ އެތައް ހުވަފެނެއް ދައްކަމުންދާ ދުވަސް ވަރެކެވެ. މި ފޮނި، ރީތި ރީތި ހުވަފެންތައް އެންމެ ފުރިހަމައަށް، ބަލާފައިވާ ބަޔަކަށް ވެގެން ދާނީ ލ. ގަމުގެ ރައްޔިތުންކަން ޝައްކެއްނެތެވެ. ގަމުގެ ރައްޔިތުން އިއްޔެ ވެސްވަނީ ވަރުގަދަ ހުވަފެން ބަލަން ފަށާފައެވެ.

ގަމު ކައުންސިލުން އިއްޔެ ފޭސްބުކް ޕޭޖްގައި ކޮއްފައި ވާ ޕޯސްޓެއްގައިވާ ގޮތުން، މަލްޓިޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން މަރުކަޒެއް ގާއިމުކުރަން ވަނީ ނިންމާފައެވެ. މި ދަންނަވަނީ ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަރުކަޒުގެ ތެރެއިން މަރުކަޒެއްގެ ވާހަކައެވެ. ހޭންޑްބޯލް،ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯލް ފަދަ ކުޅިވަރުތައް ކުޅެވޭނެފަދަ ބައިނަލްއަގްވާމީ މުބާރާތް ކުޅެވޭނެފަދަ އިންޑޯ ކުޅިވަރު މަރުކަޒެއްގެ ވާހަކައެވެ. މި ޕޯސްޓާއެކު ވަނީ ވަރައް ރީތި، ގަމު ރައްޔިތުން މީގެ ކުރިން ދެކެފައިނުވާ، ތްރީޑީ ކުރެހުން ތަކެއް ދޫކޮއްލާފައެވެ.

މި ޕޯސްޓާއެކު ފޭސްބުކުގައި ވަނީ ގަމު ރައްޔިތުން ގެ ހުރި އުދާސްތައް ބޭރުކޮށްލާ، ގިނަ ކޮމެންޓްތަކެއް ލިޔެފައެވެ. އެގޮތުން ގަމު ރައްޔިތަކު ކޮއްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ކުރެހުމާއި ބިންގާއާއި މަޝްވަރާ ނޫން އެއްޗެއް އެބަބޭނުންވާ ކަމަށާއި މިކަން ވަރަށް އާދޭހާއެކު ދަންނަވާ ކަމަށެވެ. ތަރައްގީއަކީ ކުރެހުމެއްނޫންކަމަށާއި، ގަމުގައި ދޫކޮށްފައި ހުރި ގޯތިތަކަށް ވަންނަ މަގުތަކާ ކަރަންޓް ނަރުދަމާއާއި، ޒަރޫރީ ކޮއްދިނުން މާރަނގަޅު ވާނެކަމަށް ކޮމެންޓެއްގައި ބުނެފައި ވެއެއެވެ.  އަދި ވޯޓް ކައިރިވީ ތޯ ސުވާލުކޮށް ގަމު ރައްޔެތެއްވަނީ ސުވާލުކޮށް މި ޕޯސްޓަށް ކޮމެންޓްކޮށްފައެވެ.

މީގެ އެތައް އަހަރުތަކެއްކުރިން، މަތީތައުލިމަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމަށް ވިދާޅުވެ ރާއްޖޭގައި އަޅާއެންމެ ބޮޑު ކެންޕަހުގެ ނަމުގައި އަދި އަދާ ޖެހޭދެން އަޅާފައިހުރީ ބިންގާއެކަންޏެވެ. މި ސަރުކާރުން ގަމުގައި އަޅަންބުނި ކެންސަރު ހޮސްޕިޓަލު ވެސް ވަރައް ރީއްޗެވެ. ނަމަވެސް ތްރީޑީ ކުރެހުމެވެ. ލާމު އަތޮޅުގެ ރަށްތައް ގުޅާލާ ބޮޑު ބިޔަ ބުރިޖް ފެންނަވެސް ނެތެވެ. ލާމު އަތޮޅު ފަޅުރަށެއްގެ ގޮތުގައި އޮތް ބަރެސްދޫ ކިޔާ ރައްށެއްގައި ތަފާތުފާތު ކޮންސެޕްޓަކަށް ޓޫރިޒަމްގެ ޕްރޮޖެކްޓެއް ފަށަން ކޮންމެ އަހަރެއްގެ ދެ ކޮޅު ސާވޭ ކުރެއެވެ. ދުބާއީގެ " ފާމް އައިލެންޑް" ކޮންސެޕްޓޭ ކިޔާ ދައްކާލީ  ހުވަފެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް