ބައިޑަން އަކީ އިންސާނެއްގެ ސިފައިގަ ހުރި "އިސްޓާކީނު ޕަޕެޓެއް": އިލޯން މަސްކު

ވިޔަފާރިވެރިޔާ އިލޯން މަސްކު އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. މަސްކު އިއްޔެ ބުނެފައިވަނީ ޖޯ ބައިޑަން އަކީ އިންސާނެއްގެ ސިފައިގާ ހުއްޓަސް "އިސްޓާކީނު ޕަޕެޓް" އެއް ކަމ...

31 Jan 2022 | 06:35

ވިޔަފާރިވެރިޔާ އިލޯން މަސްކު އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މަސްކު އިއްޔެ ބުނެފައިވަނީ ޖޯ ބައިޑަން އަކީ އިންސާނެއްގެ ސިފައިގާ ހުއްޓަސް "އިސްޓާކީނު ޕަޕެޓް" އެއް ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަކީ މޮޔައިންކަމުގައި ބައިޑަން ގަބޫލުކުރާ ކަމަށެވެ.

މަސްކު މިފަދަ މޭރުމަކުން ބައިޑަން އަށް ފާޑުކިޔާފައިމިވަނީ ގާނޫނަކަށް ހިޔާލު ހޯދުމަށް ފޯޑް ކުންފުންޏާއި ޖެނެރަލް މޮޓޯސް ކުންފުނީގެ ވެރިން ވައިޓްހައުސް އަށް ގެންގޮސް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ ބައްދަލުވުމަށް މަސްކަށް ދައުވަތު ނޭރުވުމަކީ މަސްކު ރުޅި އައި މައިގަނޑު ސަބަބު ކަމަށެވެ.

އިލެކްޓްރޯނިކް ވެހިކަލްސް އުފައްދާ ކުންފުނި، ޓެސްލާގެ ވެރިޔާ އިލޯން މަސްކު މީގެ ކުރިންވެސް ބައިޑަން އަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ބައިޑަންގެ ސަރުކާރަކީ ވަކި އަތަކަށް ބުރަވާ ސަރުކާރެއް ކަމަށާއި އެ ސަރުކާރު ކޮންޓްރޯލު ކުރަނީ ޔޫނިއަންތަކުން ކަމުގައިވެސް މަސްކު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް