އަފްގާނިސްތާނުގެ ވެރިކަން މިދިޔަ އަހަރު އޮގަސްޓު މަހުގެ15 ވަނަ ދުވަހު ގަދަބާރުން ހޯދި ތޯލިބާނުންގެ މައްޗަށް އދ. އިން އިންސާނިއްޔަތާއި ހިލާފު އަމަލު ހިންގާ ކަމަށް ބުނެ ބޮޑު ތުހުމަތުތަކެއް ކޮށްފި އެވެ.
އދ. ގެ ސެކިއުޓީ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވީ އަފްގާނިސްތާނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހާލަތު ބަދަލު ކުރަން އުނގަދޫ ހިސާބަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޮސްފައިވާ ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވަނީ އަފްގާންގެ އެތައް ހާސް ރައްޔިތުންނެއް މަރާލުމުގެ މައްސަލަތަކާއި ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަތައް ކާބުލްގައި ހުންނަ އދ. ގެ މިޝަންއަށް ކޮންމެ ދުވަހަކު ހުށަހަޅަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެންނަކީ އަފްގާންގެ ކުރީ ސަރުކާރުގެ އެކި މަގާމުތަކާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ އަދި ތޯލިބާނުންނާއި ދެކޮޅު މީހުންނެވެ.
އަފްގާނުގެ39 މިލިއަން ރައްޔިތުންގެ ދިރިއުޅުން އާރާސްތު ކުރަން ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން ގައުމުތަކުން ފޯރުކޮށްދެމުންދާ އިންސާނީ އެހީ އަފްގާން ރައްޔިތުންނަށް ފޯރާތޯ މޮނިޓާ ކުރުމަށް ހާއްސަ ޔުނިޓެއް އެކުލަވާލުމަށް އެދިފައިވެ އެވެ.
އދ. އިން ލަފާ ކުރާގޮތުގައި މިއަހަރު ނިމޭއިރު އެ ގައުމުގެ އާބާދީގެ38 މިލިއަން މީހުން ފަގީރުވެ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް