އައްޑޫ ސިޓީގެ ކޯވިޑް ކަންކަމުގައި އެހީތެރިވުމަށް 36 ވޮލަންޓިއަރުން ހޯދަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއުލާންކޮށްފި އެވެ.
ވޮލިޓިއަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އޭއީއެޗްއިން ބުނީ ވޮލަންޓިއަރުން ބޭނުން ވަނީ ހޮސްޕިޓަލްގެ އިތުރުން އަވަށްތަކުގެ ސިއްހީ މަރުކަޒުތަކަށާއި އެތަންތަނުގެ ރެޕިޑް ރެސްޕޮންސް ޓީމަށާއި ކޮންޓްރެކްޓް ޓްރޭސިންގެ އިތުރުން ޓްރައޭޖާއި އެޓެންޑުންގެ އިތުރުން ވެކްސިނޭޝަން ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށްކަމަށެވެ.
ކޯޑިނޭޓަރުންގެ ގޮތުގައި ނަގާ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.
އޭއީއެޗުން މީގެ ކުރިން ވެސް ވޮލަންޓިއަރުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް