ސްރީލަންކާއަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާ މުޅިން އެހެން ލެވެލެއްގައި !

ދިވެހި ޓިކްޓޮކަރުންނަށް މިއީ އާ މޫނަކަށް ނުވާނެއެވެ. މި ޒުވާނާ މިމިކް ކޮށްފައިވާ "އައިމް އަ ބާބީ ގާލް" ލަވަ ޓިކްޓޮކްގައި ވައިރަލްވެ ގިނަ ދިވެހިންނަށް ފެނިފައިވާނެއެވެ. https://www.youtube.com/watch?v=...

31 Jan 2022 | 06:01

ދިވެހި ޓިކްޓޮކަރުންނަށް މިއީ އާ މޫނަކަށް ނުވާނެއެވެ. މި ޒުވާނާ މިމިކް ކޮށްފައިވާ "އައިމް އަ ބާބީ ގާލް" ލަވަ ޓިކްޓޮކްގައި ވައިރަލްވެ ގިނަ ދިވެހިންނަށް ފެނިފައިވާނެއެވެ.

https://www.youtube.com/watch?v=FQfJtUq52O4

ސަންދަރު ސަތްސަރާ ނަމުގައި ޔޫޓިއުބް ޗެނަލެއް ހިންގަމުން އަންނަ މި ޒުވާނާ އަންނަނީ އިނގިރޭސި މަޝްހޫރު ލަވަތައް މުޅިން އެހެން ލެވެލެއްގައި ކިޔަމުން އޭނާގެ ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރަމުންނެވެ.

https://www.youtube.com/watch?v=BRpIMXBa7_Q

މި ލަވަތަކުގެ ތެރޭގައި "ބިލީވާ"، "ޝޭޕް އޮފް ޔޫ"، ލަވް ޔޫ ލައިކް ޔޫ ޑޫ" އަދި "ޗީޕް ތްރިލްސް" ފަދަ ލަވަތައް ހިމެނެއެވެ.

https://www.youtube.com/watch?v=q-FAPCkSSVY

ސަންދަރުގެ ހަމަ ކޮންމެ ލަވައަކަށް މިލިޔަނުން ވިއުސް ލިބިގެންދެއެވެ. ހަމަ ކޮންމެ ލަވައެއްހެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ވައިރަލްވެގެން ދެއެވެ.

https://www.youtube.com/watch?v=cj3JOfqfLTg

ސަންދަރުގެ ޗެނަލް މިލިޔަނަކަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާއިރު މިހާތަަނަށް އެ ޗެނަލަށް 83 މިލިޔަން ވިއުސް ލިބިފައިވެއެވެ. މި އަދަދުތަކަށް ބަލާއިރު އޭނާއަށް މި ޗެނަލުން އެކަނިވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް