ދެރަ ނިކަމެތި މީހާ މެޑިކަލް ކޮލެޖު ކިޔޫގައި ހުއްޓާ އެރަށު މީހަކު އައިސް ކަންކަށީގައި ޖަހާފާނެ – އިންޑިއާ އައުޓް ހުއްޓުވާ: ރީކޯ މޫސަ

ރައްޔިތުންގެ ތެރެއިން ދެރަ ނިކަމެތި މީހާ ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އިންޑިއާގެ މެޑިކަލް ކޮލެޖުގެ ކިޔޫގައި ހުއްޓާ އެ ރަށު އިންޑިއާ މީހަކު އައިސް ދިވެހި މީހާގެ ކަންކަށިމަތީގައި ޖަހާފާނެ ކަމުގައި ...

31 Jan 2022 | 04:46

ރައްޔިތުންގެ ތެރެއިން ދެރަ ނިކަމެތި މީހާ ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އިންޑިއާގެ މެޑިކަލް ކޮލެޖުގެ ކިޔޫގައި ހުއްޓާ އެ ރަށު އިންޑިއާ މީހަކު އައިސް ދިވެހި މީހާގެ ކަންކަށިމަތީގައި ޖަހާފާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އައުޓު ގޮވުން ގާނޫނަކުން ހުއްޓުވާ ވާހަކައިގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އެކަމަށް ތާއީދުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މޫސަ ވިދާޅުވެފައިވަނީ އިންޑިއާ އައުޓޭވެސް ޗައިނާ އައުޓޭވެސް ގޮވަންވީ ކަމަށާއި ނަމަވެސް މިހެން ގޮވަންތިބީ އެންމެ ރައްޔިތުންގެ ބައިތުލްމާލުން މުސާރަޔާއި އިނާޔަތާއި އާއިލާއަށް ބޭހާ ކޮއްތާ ލިބޭ މީހުން ކަމަށެވެ. ދެރަ ނިކަމެތި މީހާ ފަރުވާ ހޯދަން ދާން މި ޖެހެނީ މެޑިކަލް ކޮލެޖަށް ކަމަށެވެ.

"ދެރަ ނިކަމެތިމީހާ ފަރުވާ ހޯދަން މެޑިކަލް ކޮލެޖަށްގޮސް ކިޔޫގައި ހުއްޓާ، އެރަށު މީހަކު އައިސް ކަންކަށީގައި ޖަހާނީ، ގާނޫނަކުން ހުއްޓުވާ" މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ReekoMoosa/status/1487978142241521667

ހަމަ މި މައުލޫގައި މޫސަ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލީހަށް ގާނޫނެއް ނެހެދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާގޮތުގެ މަތިން ކަމަށެވެ. އެނޫން ހުރިހާ ކަމެއްގައި ގާނޫނު ހެދޭނެ ކަމަށެވެ.

އިންޑިއާ އައުޓް އަދި އެހެން ގައުމެއްގެ އިއްޒަތަށްޓަކައިވެސް ގާނޫނު ހެދޭނެކަމަށާއި އެއްބަޔަކަށް މަގުމަތީ އެހެން ގޮވެންޏާ، ނުގޮވާށޭވެސް ބުނެވޭނެކަމުގައި މޫސަ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް