ޖީއެސްއެމްއޭގެ ގްލޯމޯ އެވޯޑްސް އަށް އުރީދޫ ނޮމިނޭޓު ވެއްޖެ

މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ކަމަށްވާ ގްލޯބަލް މޮބައިލްސް އެވޯޑު (ގްލޯމޯ އެވޯޑްސް) އަށް އުރީދޫ މޯލްޑިވްސްއިން ނޮމިނޭޓު ވެއްޖެ އެވެ. އުރީދޫ މޯލްޑިވްސް ނޮމިނޭޓުވީ ބެސްޓް މޮބައިލ...

31 Jan 2017 | 10:23

މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ކަމަށްވާ ގްލޯބަލް މޮބައިލްސް އެވޯޑު (ގްލޯމޯ އެވޯޑްސް) އަށް އުރީދޫ މޯލްޑިވްސްއިން ނޮމިނޭޓު ވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސް ނޮމިނޭޓުވީ ބެސްޓް މޮބައިލް އިނޮވޭޝަން ފޯ އެޑިއުކޭޝަން އެންޑް ލާނިންގް އެވޯޑަށެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ތައުލީމު ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ހިދުމަތުގެ ބައިންނެވެ.

އުރީދޫ އިން ވަނީ މިދިޔަ އަހަރު އޯގަސްޓުގައި އުރީދޫ ސްމާޓް ކެމްޕަސް ގެ ނަމުގައި އިންޓަނެޓް މެދުވެރިކޮށް ކިޔެވޭނެ ގޮތް ހަދައި، ބައެއް ކޮލެޖުތަކާއި ގުޅިގެން މަސައްކަތް ފަށާފައި އެވެ. އަދި މިހާރުވެސް ޕޮލިޓެކްނިކްގައި ދަނީ ކޯސްތައް ހިންގަމުންނެވެ.

ޖީއެސްއެމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޯބައިލް ހިދުމަތްދޭ 800 އަށް ވުރެ ގިނަ ޓެލޮކޮމް ހިމެނޭ އެސޯސިއޭޝަންއެކެވެ. އެއެވޯޑަށް ނޮމިނޭޓްވީ އުރީދޫގެ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް