ވ. ރަކީދޫގައި އުމުރުން ތިން އަހަރު އިބްރާހިމް އިބްތިހާލް މަރާލި މައްސަލައިގަ އިހުމާލުވިކަމަށް ބުނެ ދައުވާ އުފުލާފައިވާ ޖެންޑަ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ހޯމް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އޭނާ ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހޯމް މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފަށާފައި އެވެ. އެ އޮފީހުގައިވެސް އަދާކުރަމުންގެންދަނީ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމެވެ.
ޝަކީބުގެ މައްޗަށް އުފުލާފައިވަނީ ޒިންމާ ނަގަންޖެހޭ މަގާމެއްގައި ހުރެ އިބްތިހާލްއަށް އޭނާގެ މަންމަ އަނިޔާ ކުރާކަމުގެ ރިޕޯޓު ކުރުމުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާތީ އެވެ. މި ދައުވާއަށް ޝަކީބު އިންކާރު ކުރައްވާ، ކުރިޔަށްދާން ބޭނުންވަނީ ވަކިލަކާއި އެކު ކަމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައި އެވެ.
މި މައްސަލައިގަ ޖެންޑާ މިނިސްޓްރީން ވަނީ އިންޓާނަލް ތަހުގީގެއް އެ އޮފީހުގައި ހިންގާފައި އެވެ. އަދި އެ މައްސަލައިގަ ޝަކީބުގެ އިހުމާލެތްނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ޝަކީބުގެ އިތުރުން މި މައްސަލައިގައި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް