ދުނިޔޭގެ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ރާއްޖޭގައި ހުޅުވައިފި

ކަނޑު އަޑީގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓު ރާއްޖޭގައި ހުޅުވައިފި އެވެ. ޅ. ހުރަވަޅި އައިލެންޑް ރިސޯޓުގައި ހަދާފައިވާ މި ރެސްޓޯރަންޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަ...

31 Jan 2017 | 06:37

ކަނޑު އަޑީގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓު ރާއްޖޭގައި ހުޅުވައިފި އެވެ.

ޅ. ހުރަވަޅި އައިލެންޑް ރިސޯޓުގައި ހަދާފައިވާ މި ރެސްޓޯރަންޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތްމަތު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރެސްޓޯރަންޓަކީ ހަމައެކަނި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ ރެސްޓޯރަންޓެކެވެ. "5.8" ގެ ނަމުން ނަން ދީފައިވާ މި ރެސްޓޯރަންޓުން އެއްފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ކަނޑުގެ 5.8 މީޓަރު އަޑީގައި ހަދާފައިވާ މި ރެސްޓޯރަންޓުގެ ދިގުމިނުގައި 74ފޫޓު ހުރެ އެވެ. އެ ރެސްޓޯރަންޓު ހަދާފައިވާ ހުރަވަޅި ރިސޯޓަކީ މުޅިން އަލަށް ހިދުމަތްދޭން ފެށި ރިސޯޓެކެވެ.

ޗަންޕާ ކުންފުނިން ހަދާފައިވާ އެ ރިސޯޓުގެ ހިދުމަތް ރޭ ރަސްމީކޮށް ދޭން ފެށި އިރު ރިސޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޔާމީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް