މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހ...

31 Jan 2017 | 05:17

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. އެމީހަކީ މާލެ/ ވ.ރާހި، މުޙައްމަދު ބާޤިރު (46އ) އެވެ.

މުހައްމަދު ބާގިރު ހޯދަން އިންޓަޕޯލް އިންވެސް ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ. އެ ނޯޓިސްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ ހޯދަމުންދަނީ، ބެންކްއޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުނުވާތީ ބަންދުގައި ބަހައްޓައިގެން 2017 ފެބްރުއަރީ 2 ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ.

މުޙައްމަދު ބާޤިރު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް