"މީހުން އޮޅާލުން" ގެނަމުގައި މައިންނަށް ހާއްސަ ތެރަޕީއެއް ޖަޕާނުގައި ތައާރަފްކޮށްފި އެވެ.
އެގައުމުގެ ވެރިރަށް ޓޯކިއޯގައި ދިރިއުޅޭ މެދު އުމުރުގެ އަންހެނަކު ތައާރަފް ކުރި މި ތެރަޕީ ހެދުމުން ވިހަން ދަރިފުޅު ބަނޑުތެރޭގައި އެނބުރި ގަަންނަ ވަގުތު އުނަގަނޑަށާއި ކޮޑަށް އަރާފައި ހުންނަ ތަދުތައް ނުފިލާ މީހުންނަށް އަވަހަށް ފިލުވާލުމަށް އެހީތެރިވެދޭނެ އެވެ. މި ތެރަޕީ ހެދުމަށް އެއްފައި މައްޗަށް އަނެއްފައި ލުމަށް ފަހު ބިންމަތީގައި ބަައިންދަނީއެވެ. ދެން މުޅި ގައިގަ ހުދު ފޮތިގަނޑެއް އޮޅުމަށް ފަހު އައްސަނީއެވެ. ދެން ފަސް މުވައްޒަފުންގެ އެހީގައި އަންހެން މީހާ އެފުން މިފުށަށް ޖަހަނީ އެވެ.
މިހާތަނަށް ޖަޕާނުގެ ފަސް އަންހެނަކު ވަނީ މި ތެރަޕީ ތަޖުރިބާކޮށްފައި އެވެ. އެމީހުންގެ ތެރެއިން އެންމެންވެސް ބުނީ މި ތެރަޕީގެ ސަބަބުން ހިތްހަމަޖެހުން ލިބި ހަށިގަނޑުގައި ހުރި ވަރުބަލިކަން ފިލި ކަމަށެވެ. އެކަމަކު އެކަކު ބުނެފައިވަނީ މިއަށްވުރެ އާންމުކޮށް ކުރާ ކަސްރަތުތައް ކުރުން ރަނގަޅު ކަމަށެވެ. އޭނާ ބުނީ މި ތެރަޕީވެސް ގޯސް ނޫން ކަމަށާއި އެކަމަކު އާދައިގެ ކަސްރަތަކާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
https://www.youtube.com/watch?v=9iI1iSyonss
މި ތެރަޕީ ހެދުމަށް 20 މިނިޓު ވަންދެން އަންހެން މީހާ އެފުއް މިފުށަށްޖަހައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް