ޖުމްހޫރީ ޕާޓީ(ޖޭޕީ) އާއި މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގުޅިގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީން ރަސްމީކޮށް ނިންމައިފި އެވެ.
އެ ޕާޓީން މިގޮތަށް ނިންމިކަން އިއުލާނުކުރީ އެ ޕާޓީން ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މަޝްވަރާތަކުގައި ބައިވެރިނުވުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާކަމަށެވެ. އެހެންނަމަސް ގައުމުގައި ހިނގަމުންދާ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާނެ ކަމަށާއި ގައުމާއި ރައްޔިތުންގެ މަސްލަހަތުހުރި ކަންކަމުގައި މަޝްވަރާ ކުރަން ޖެހިއްޖެ ހާލަތެއްގައި ސަރުކާރާއި އަދި ހުރިހާ ފަރާތްތަކަކާއެކު މަޝްވަރާ ކުރުމުގެ ރިވެތި އުސޫލު ދަމަހައްޓަން ނިންމާފައިވާކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހާ ފަރާތްތަކަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް