އުމުރުން ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މަންމަގެ ބަންދަށް ތިން ދުވަސް ދީފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 23 އަހަރުގެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ތިން ދުވަސް ދީފައިވާކަމަށެވެ.
މި މައްސަލަ ފުލުހުނަށް ހުށަހަޅާފައިވަނީ މި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރި މީހާގެ ޢާއިލާއިން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާގެ ހަ މަހުގެ ތުއްތު ދަރިފުޅު މިހާރުވަނީ ޖެންޑަރ މިނިސްޓްރީ މެދުވެރި ވެގެން އެ ކުއްޖާގެ ބައްޕަ ފަރާތު ޢާއިލާއާ ހަވާލުކޮށްފައި ކަމަށެވެ.
އަދި މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް