މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނި އެ އެކްސިޑެންޓް ހިނގީ މިއަ...

31 Jan 2015 | 10:52

މާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނި އެ އެކްސިޑެންޓް ހިނގީ މިއަދު މެންދުރު 2:15 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ދުއްވާފައިދިޔަ ސައިކަލެއް ކަޅުތުއްކަލާ ކޮށްޓާ ދިމާލުން ދަތުރުކުރި ކޮންޓެއިނާ އުފުލާ ބޮޑު ލޮރީއެއްގެ ދަށުވުމުން ކަމަށެވެ.

"ލޮރީގެ ދަށުވުމުގެ ކުރިން އެ ދެމީހުން ފުންމާލައިފި، އެހެން ނަމަވެސް ދެމީހުންނަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު، ސައިކަލު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި" އެމީހާ ބުންޏެވެ.

އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފުލުހުން ޔަގީން ކޮށްދެއެވެ. ނަމަވެސް އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް