ކޮންޓްރެކްޓް އުސޫލުން ޝަރުއީ ކައިވެނި ކޮށްދޭނެ ފަރާތްތަކެއް ހޯދަން ފެމިލީ ކޯޓުން އިއުލާނު ކޮށްފި އެވެ.
އެ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓް އުސޫލުން ކައިވެނިކޮށްދޭނެ ޝަރުއީ މައުޛޫނުން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 14:30ގެ ކުރިން ކަމާއި ގުޅޭ ލިޔެކިޔުންތައް ފެމިލީ ކޯޓަށް ހުށަހެޅުން އެދޭ ކަމަށާއި ކޮންޓްރެކްޓް އުސޫލުން ޝަރުއީ ކައިވެނި ކޮށްދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 12 މީހުންނަށް ކަމަށްވެސް ފެމިލީ ކޯޓުގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނި އެކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ކޮށްދޭ ކޮންމެ ކައިވެންޏަކަށް 250 ރުފިޔާ ދިނުމަށް ފެމިލީ ކޯޓުން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް