ބޯޓެއްގައި އޮތް މާބަނޑު އަންހެނަކު އެމްއެންޑީއެފްގެ އެހީގައި މާލެ ގެންނަނިކޮށް ވިހައިފި

ށ.ފުނަދޫން ފުރައިގެން މާލެ ދަތުރު ކުރި "ސޯސަން" ބޯޓުގައި އޮތް މާބަނޑު އަންހެނަކު އެމްއެންޑީއެފްގެ އެހީގައި މާލެ ގެންނަނިކޮށް ކަނޑުމަތީގައި ވިހައިފި އެވެ. އެމްއެންޑީއެފުން ބުނީ ށ.ޅައިމަގު ފެންފިޔާޒުގޭ ...

31 Jan 2015 | 06:26

ށ.ފުނަދޫން ފުރައިގެން މާލެ ދަތުރު ކުރި "ސޯސަން" ބޯޓުގައި އޮތް މާބަނޑު އަންހެނަކު އެމްއެންޑީއެފްގެ އެހީގައި މާލެ ގެންނަނިކޮށް ކަނޑުމަތީގައި ވިހައިފި އެވެ.

އެމްއެންޑީއެފުން ބުނީ ށ.ޅައިމަގު ފެންފިޔާޒުގޭ އުމުރުން 26 އަހަރުގެ އައިޝަތު ޝިހާމާ މާލެ ގެނެސްދިނީ ބޯޓުގައި އޮއްވައި ބަނޑުގައި ރިހުން ގަދަވެ، ހާލުދެރަވާން ފެށުމުން ސިފައިންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ. އަދި އޭނާއަށް އެހީވުމަށް އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ޑޮކްޓަރަކާއި މެޑިކަލް އެސިސްޓެންޓެއް ދިޔައިރު އޭނާ ވިހާފައިވަނީ ރޭ ފަތިހު 5:20 ހާއިރު ކަނޑުމަތީގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ވިއްސުމުގައި ހަރަކާތްތެރިވީ މެޑިކަލް ސާރވިސްގެ ޑޮކްޓަރާއި އެސިސްޓެންޓެއް ކަމަށާއި މާލެ ގެނައުމުގެ މަގުމަތީގައި އޭނާ އަންހެން ކުއްޖެއް ވިހާފައިވާއިރު އެ ދެމައިން މާލެ ގެނެވުނީ ރޭ ފަތިހު 5:45 ހާއިރު ކަމަށެވެ. އަދި މާލެ ގެނައުމަށްފަހު އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުންބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް