ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް އިރާގާއި ސޫރިޔާގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ކެމިކަލް ހަތިޔާރާ ބެހޭ "ކެމިކަލް އެކްސްޕާޓް" މަރާލެވިއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެމިކަލް ހަތިޔާރު ތައްޔާރު ކުރުމުގެ ގާބިލުކަން ލިބިފައިވާ އަބޫ މާލިކް ނަމަކަށް ކިޔާ މި މީހާ މަރާލާފައިވަނީ އެމެރިކާއާއި ގުޅިފައިވާ ބާރުތަކުން ދިން ހަމަލާތަކެއްގައި ކަމަށެވެ.
އެމެރިކާގެ ބަޔާނުގައި ބުނެފައިވަނީ މަރާލާފައިވާ އަބޫ މާލިކަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިންގެ ވެރިކަމުގައި ކެމިކަލް ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރި މީހެއް ކަމަށެވެ. އަދި އެމީހާ މަރާލެވުނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
އައިއެސް ނައްތާލުމަށްކަމަށްބުނެ އެމެރިކާއިން އެކި ގައުމުތަކާއެކު ގުޅިފައިވާ ކޯލީޝަނަކުން އައިއެސް އަށް އަމާޒުކޮށް ހަމަލާތަކެއް ދެމުން އަންނައިރު އައިއެސް ނައްތާލުމުގައި އެމެރިކާއަށް އަދި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް