ޕާކިސްތާނުގެ މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 40 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ޝީއީން ދިރިއުޅޭ ސަރަހައްދެއްގެ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 40 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ. ޕާކިސްތާނުގެ ސިންދު ޕްރޮވިންސ...

31 Jan 2015 | 02:04

ޕާކިސްތާނުގެ ޝީއީން ދިރިއުޅޭ ސަރަހައްދެއްގެ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 40 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ޝިކާރުޕޫރުގެ މިސްކިތެއްގައި އިއްޔެ ހުކުރު ނަމާދު ކުރަން ތިބި ބަޔަކަށް އަމާޒުކޮށް ދިން އެ ހަމަލާގައި 40 މީހަކު މަރުވި އިރު އެތައް ބަޔަކު ޒަހަމްވެފައިވާކަމަށާއި އަދި މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މި ހަމަލާގެ ޒިންމާ، ތާލިބާނުންނާ ގުޅުން އޮންނަ ސުންނީ މުސްލިމުން އުފުލާފައިވާއިރު އެ ގައުމުގެ މީޑިއާއިން ބުނަނީ އެ ހަމަލާއަކީ ބަޔަކު ޖާނުން ފިދާވެ ދިން ހަމަލާއެއް ކަމުގައި ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ އެ ހަމަލާގެ ތަފްސީލް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ.

ޕާކިސްތާނުގެ ޝީއީ އަދި ސުންނީ މުސްލިމުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އަންނަތާ  ތިން އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު އެ ގައުމުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މުރާސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް