އައިއެސްއިން ރަޖަމު ކުރި އަންހެނަކު ސަލާމަތްވެއްޖެ

ޒިނޭ ކުރި ކަމުގެ ތުހުމަތުގައި އައިއެސް އިން ރަޖަމު ކުރި ސޫރިޔާ އަންހެނަކު ސަލާމަތްވެފައިވާކަމަށް އެ ސަރަހައްދުގެ ކަންކަން ބަލަމުން އަންނަ "ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނެފި އެ...

31 Jan 2015 | 01:31

ޒިނޭ ކުރި ކަމުގެ ތުހުމަތުގައި އައިއެސް އިން ރަޖަމު ކުރި ސޫރިޔާ އަންހެނަކު ސަލާމަތްވެފައިވާކަމަށް އެ ސަރަހައްދުގެ ކަންކަން ބަލަމުން އަންނަ "ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ބުނެފި އެވެ.

މި ހާދިސާ ހިނގި ވަކި ތާރީހެއް އެ ޖަމިއްޔާއިން ހާމަ ނުކުރިނަމަވެސް ބުނެފައިވަނީ އައިއެސް އެ އަންހެން މީހާގެ ވަށައިގެންތިބެ ކުދި ހިލައިން ތަޅާ ރަޖަމު ކުރި ކަމަށާއި އަދި މަރުވި ކަމަށް ހީކޮށް ހުއްޓާލިތާ ކުޑަ އިރުކޮޅެއް ފަހުން އެ އަންހެން މީހާ ދުވެ ފިލީ ކަމަށެވެ.

އަދި އެ އަންހެން މީހާ ފިލަން އުޅުމުން އެތަނުން އެކަކު އެ އަންހެންމީހާގެ ގަޔަށް ބަޑި ޖަހަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އައިއެސް ޖަމާއަތުގެ ތެރެއިން އިސް މީހަކު އެކަމަށް ހުރަސް އަޅާ އެ އަންހެން މީހާ ފިލުމަށް ފުރުސަތު ދިނީ ކަމަށްވެސް "ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އައިއެސް އިން 15 އަށްވުރެ ގިނަ މީހުން ރަޖަމު ކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް