ދިވެހި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިއަދު އިންޑިއާގެ ގައުމީ އަންހެން ޓީމާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖެ ކޮޅަށް އިންޑިއާގެ ޓީމުން 14 ލަނޑު ޖަހައިފިއެވެ.
ބެންގަލޫރުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ރާއްޖެއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާ ޓީމުގެ ލިންޑާ އަދި ޒާރާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. ލިންޑާ ހަތަރު ގޯލު ޖެހިކަމަށް ބުނެފައިވެއެވެ. އަދި އެ ޓީމުގެ ނެހާވެސް ދެ ގޯލެއް ޖެހިކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއިން އަދި އިންޑިއާގެ ޓީމާއެކު އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު މެޗެއް ކުޅޭނެއެވެ.
އެފްއޭއެމްއިން ކުރިން ބުނެފައިވާގޮތުގައި ރާއްޖެއިން ފުރަތަމަ މަސައްކަތް ކުރީ ލަންކާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށެވެ. ނަމަވެސް އެކަން ހަމަޖެހޭގޮތް ނުވުމުން އިންޑިއާއާއެކު ކުޅެން ނިންމީކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް